ގޮތް ނިންމާނީ ތިކޮޅުންނެވެ.
.ގޮތް ނިންމާނީ ތިކޮޅުންނެވެ
ދިރުއުޅުމުގެ ދަތުރުގައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް މި މަސައްކަތް ކުރަނީ އެއް އަމާޒަކަށެވެ. އެކައްޗެއް ހާސިލްކުރާށެވެ. ހިތްހަމަޖެހުމާ އި އުފާވެރިކަމެވެ. ސުވާލަކީ ހަގީގީ ހިތްހަމަޖެހުން ލިބެނީ ނުަވަތަ ހޯދާނީ ކިހިނެއްތޯެއެވެ. މުިދަލާއި ފައިސާއިން އެ ހިތްހަމަޖެހުން ހޯދޭތޯ ރެއާއި ދުވާލު .ހޭބޯނާރާ މަސައްކަތް އެބަކުރަމެވެ. އަނބީންނާ ދަރީންގެ ފަރާތުން އުފާވެރިކަން ލިބޭތޯ އެތައް ގުރުބާނީ އެއް އެބަ ވަމަެވެ.އެހެނަސް އެ ހިތްހަމަޖެހުން ނުލިބިގެން މި އުޅެނީ ކޮން ސަބަބަކާ ލައިގެންތޯ ސުވާލު ކޮށްލަން ޖެހެއެވެ.
އަޅުގަނޑުމެން ހަގީގީ އުފާވެރިކަމާ ހިތްހަމަޖެހުން ހޯދަން ކުރާ ދަތުރުގައި އެންމެ މުހިންމު ކަމަކަށް މާއްދިއްޔަތާއި ތަމައްދުންގެ ކިލަނބުކަމުން ހިތާއި ސިކުނޑި ތާހިރުކޮށް ފިތުރީ ސިފަތަކުން ޒީނަތްތެރިވެވޭތޯ މަސައްކަތްކުރަން އެބަޖެހެއެވެ. ހިފަންވީ ސާދާ އަޚްލާގެއްގައެވެ. ތަރުބިއްޔަތު ބިނާކުރަންވީ އިލާހީ ތަރަހައިގެ މަތީގައެވެ. ގަބޫލުކުރަންވީ ﷲ ތައާލާ ކޮންމެ އިންސާނަކަށް ވެސް ދެއްވާފައިވާ ނިއުމަތްތަކަކީ ނިމުމެއްނުވާ ނަސީބެއްކަމެވެ. ތިމާގެ ކުރިއެރުމާއި ކާމިޔާބު ގުޅިފައިވަނީ ތިމާގެ އަމިއްލަ ގަޟާގަދަރުގެ މައްޗަށް ކަމެވެ.
އުފާވެރިކަން އޮތީީ އަޅުގަނޑުމެންގެ އަމިއްލަ އަތްމަތީގައެވެ. ފިތުރީ ސިފަތަކާ ގާތްވެ އެ ސިފަތަކުގައި ހިފަހައްޓާ ، ވިސްނުމާ ފިކުރު ކަސިޔާރު ވިޔަ ނުދޭ މީހަކަށް ދާދި ފަސޭހަ ކަމެކެވެ. އުފޭވެރިކަމަކީ އެހެން އިންސާނެއްގެ މައްޗަށް ބިނާވެގެންވާ އެއްޗެއް ކަމަށް ތިމާގެ ލަގަން ދޫކޮށްލުމަކީ މޮޔަ ކަމެކެވެ. ގޮތްނިންމާނީ ތިކޮޅުންނެވެ!
Comments
Post a Comment