Posts

Showing posts from April, 2026

.މާދަމާ އަކީ ނެތް ދުވަހެކެވެ

Image
.މާދަމާ އަކީ ނެތް ދުވަހެކެވެ ތިބާ ވީ ކޮންމެ ތާކު ތިބާ އާ އެކީ ވާނެ އެކައްޗަކީ ތިބާގެ އަމިއްލަ ވިސްނުންތަކެވެ. އަމިއްލަޔަށް ގަބޫލު ކުރާ ގަބޫލުކުރުން ތަކެކެވެ. އެ ވިސްނުންތަކާ ގަބޫލުކުރުން ތަކަކީ ފައްސި ވިސްނުންތަކަކަށް ހަދަން ޖެހެނީ އެހެންވީމައެވެ.  ތިބާ ގެ ވިސްނުން ބައްޓަން ކުރާ ގޮތަކުން ތިޔައީ ދުނިޔެ މަތީ އެންމެ އުފާވެރި މީހާޔަށް ވެސް ވެދާނެއެވެ.  ހަމަ މި ވިސްނުންތަކުގެ ސަބަބުން ތިބާއަށް ވުރެ ހިތްދަތި، ނިކަމެތި މީހަކުވެސް ނުހުރެދާނެއެވެ. ވިސްނާށެވެ!. ބުއްދި އިސްކުރާށެވެ! ތިބާގެ ކަންތައްތައް އެހެންމީހުންނާ ނުގުޅުވަން ދަސްކުރާށެވެ. ތިބާގެ ހަޔާތަކީ ވަގުތީ ހަޔާތެކެވެ. ދުނިޔެ މަތީ ހޭދަކުރާ ވަގުތަކީ މާނަވީ ވަގުތު ކޮޅަކަށް ހަދަން މަސައްކަތް ކުރާށެވެ! ފަހި ވިސްނުންތަކަކީ ތިބާ އުންމީދު ނުކުރާ ހިސާބަށް ތިބާ ގެންގޮސް ދޭނެ އެއްޗެއްކަން ދަންނާށެވެ! ޒާތީ ދިރިއުޅުމުގައި ވެސް އަދި މަސައްކަތުގެ މާހައުލުގައިވެސް މެއެވެ. ރަނގަޅު ފަހި ވިސްނުންތަކަށް ތިބާ ހޭދަކުރާ ވަގުތަކީ އަމިއްލަ ނަފްސަށްޓަކައި  ކުރެވޭނެ އެންމެ އަގުބޮޑު ވުނަކުރުން (އިންވެސްޓްމެންޓް) ކަމަށް ގަބޫލުކުރާށެވެ. އެކަމަށް ވަގުތު ހ...

ކެމްޕޭން ދަތުރު

Image
އަޅުގަނޑުގެ ކެމްޕޭން ދަތުރު ފެށުން  އ.ތ.މ ކޮމެޓީ ގެ ރައީސް ގެ މަގާމަށް ކުރިމަތިލާން ނިންމީ މި މަގާމަކީ ފުލްޓައިމް މަގާމަކަށް ވާއިރު މި ޒާތުގެ އިޖްތިމާއީ މަސައްކަތަށް ލައްކަ ޝައުގު ވެރިކަން ހުންނަ މީހަކަށް ވާތީއެވެ. މިއީ ސިޔާސީ މަގާމެއް ކަމަށް ބަޔަކު ވާހަކަ ދެއްކިއަސް ވެސް އަޅުގަނޑަށް  މި މަސައްކަތް ދެކެވުނީ އެ ނަޒަރަކުން ނޫނެވެ. އެހެންކަމުން އެންމެ ފުރަތަމަ ދުވަހުއްސުރެ ވެސް ސްޓްރެޓެޖިކް ޕްލޭނެއް ހެދީމެވެ. ގާނޫނުގެ ތެރެއިން މި ކޮމެޓީ އަށް މަތިކުރެވިފައި އޮތް ބާރުތަކަށް އަމިއްލައަށް އަހުލުވެރިވެ ތަސައްވުރެއް އެކުލަވާލީމެވެ. ސިޔާސީ ޕާޓީ އެއްގެ ލޯގޯ އަކަށް ވުރެ ހިފައިގެން ނިކުންނަ ތަސައްވުރަށް ރައްޔިތުން އިތުބާރު ކުރާނެ ކަމަށް ވިސްނީިމެވެ.  ކުރި މަސައްކަތް: މުޅި ސިޓީގެ 9ހާސް ވަރަކަށް އާބާދީ އަކާ ހަމަެއަށް ނިކުންނަން ޖެހުނީއެވެ. އެންމެ ފުރަތަމަ ފިޔަވަޅުތަކުގައި އަތުގައި ހިފައިގެން ނިކުމެދިން ފަރާތްތަކަށް ހާސް ފަށުން ޝުކުރުވެރިވަމެވެ. މުޅި ސިޓީގެ 8 އަވަށުގެ ވޯޓް ލެވޭ އާބާދީީ ގެ ލިސްޓްު ތައް އެކުލަވާލާ މަސައްކަތް ފެށީީމެވެ. މި މަސައްކަތުން ކޯލްސެންޓަރެއް ދެވަނަ މީީހަކު މެދުވެރ ...