.މާދަމާ އަކީ ނެތް ދުވަހެކެވެ

.މާދަމާ އަކީ ނެތް ދުވަހެކެވެ

ތިބާ ވީ ކޮންމެ ތާކު ތިބާ އާ އެކީ ވާނެ އެކައްޗަކީ ތިބާގެ އަމިއްލަ ވިސްނުންތަކެވެ. އަމިއްލަޔަށް ގަބޫލު ކުރާ ގަބޫލުކުރުން ތަކެކެވެ. އެ ވިސްނުންތަކާ ގަބޫލުކުރުން ތަކަކީ ފައްސި ވިސްނުންތަކަކަށް ހަދަން ޖެހެނީ އެހެންވީމައެވެ. 

ތިބާ ގެ ވިސްނުން ބައްޓަން ކުރާ ގޮތަކުން ތިޔައީ ދުނިޔެ މަތީ އެންމެ އުފާވެރި މީހާޔަށް ވެސް ވެދާނެއެވެ.  ހަމަ މި ވިސްނުންތަކުގެ ސަބަބުން ތިބާއަށް ވުރެ ހިތްދަތި، ނިކަމެތި މީހަކުވެސް ނުހުރެދާނެއެވެ. ވިސްނާށެވެ!. ބުއްދި އިސްކުރާށެވެ! ތިބާގެ ކަންތައްތައް އެހެންމީހުންނާ ނުގުޅުވަން ދަސްކުރާށެވެ. ތިބާގެ ހަޔާތަކީ ވަގުތީ ހަޔާތެކެވެ. ދުނިޔެ މަތީ ހޭދަކުރާ ވަގުތަކީ މާނަވީ ވަގުތު ކޮޅަކަށް ހަދަން މަސައްކަތް ކުރާށެވެ!

ފަހި ވިސްނުންތަކަކީ ތިބާ އުންމީދު ނުކުރާ ހިސާބަށް ތިބާ ގެންގޮސް ދޭނެ އެއްޗެއްކަން ދަންނާށެވެ! ޒާތީ ދިރިއުޅުމުގައި ވެސް އަދި މަސައްކަތުގެ މާހައުލުގައިވެސް މެއެވެ. ރަނގަޅު ފަހި ވިސްނުންތަކަށް ތިބާ ހޭދަކުރާ ވަގުތަކީ އަމިއްލަ ނަފްސަށްޓަކައި  ކުރެވޭނެ އެންމެ އަގުބޮޑު ވުނަކުރުން (އިންވެސްޓްމެންޓް) ކަމަށް ގަބޫލުކުރާށެވެ. އެކަމަށް ވަގުތު ހުސްކުރާށެވެ.

ފޮތްތަކާ ދޯޅުވާށެވެ. އެއީ އެންމެ ގާތް އެކުވެރިޔާ ކަމުގައި ހަދާށެވެ. ފަހި ވިސްނުންތަކަށް މަގުފަހިކުރުވާ އަޑުއެހުންތައް އަޑުއަހާށެވެ. އޮއްޓަރު ހުރި، ވިސްނުންފަހިކުރަން ޖާގަ ދޭ މީހުންނާ އެކީ ވަގުތު ހޭދަކުރާށެވެ. ރަނގަޅު ވިސްނުންތައް ފެންނަ ހިސާބުގައި ލިޔުމުން ވެސް ރައްކާކުރާށެވެ. ފަހި ވިސްނުންތަކަށް މަގު ފަހިކުރުމަށް ގަސްތުގައި އެކަމަށް ބޭނުންވާން ޖެހެއެވެ. މި މަސައްކަތަށް ތިބާގެ ސިކުނޑި ތަމްރީނު ކުރަންވީ ނޭގުމެއްގެ ތެރޭގައެއް ނޫނެވެ. އެގިގެން ގަސްތުގައެވެ. ތިބާގެ ހިޔާލުތަކާ ވިސްނުންތަކަކީ ގިނަފަހަރު އުމުރު ކުރު އެއްޗެއްކަން ދަނެ ފަހި ވިސްނުންތަކަށް ތިބާގެ އަމަލުތަކުން ވެސް  އަވަހަށް ޖާގަ ދޭށެވެ. ފަހި ވިސްނުން ވިސްނަން "ރަނގަޅު" ވަގުތު އައިސް ޖެހިއްޖެކަމަށް އިހްސާސްކުރެވެން ދެން ތިބާގެ ހިތާއި ސިކުނޑިން އެކަމަށް ހުރަސް އެޅުނަ ނުދޭށެވެ. މިހާރުވެސް ފަށާށެވެ. މާދަމާ އަކީ ނެތް ދުވަހެކެވެ.




Comments

Popular posts from this blog

ކެމްޕޭން ދަތުރު