ކެމްޕޭން ދަތުރު
އަޅުގަނޑުގެ ކެމްޕޭން ދަތުރު
ފެށުން
އ.ތ.މ ކޮމެޓީ ގެ ރައީސް ގެ މަގާމަށް ކުރިމަތިލާން ނިންމީ މި މަގާމަކީ ފުލްޓައިމް މަގާމަކަށް ވާއިރު މި ޒާތުގެ އިޖްތިމާއީ މަސައްކަތަށް ލައްކަ ޝައުގު ވެރިކަން ހުންނަ މީހަކަށް ވާތީއެވެ. މިއީ ސިޔާސީ މަގާމެއް ކަމަށް ބަޔަކު ވާހަކަ ދެއްކިއަސް ވެސް އަޅުގަނޑަށް މި މަސައްކަތް ދެކެވުނީ އެ ނަޒަރަކުން ނޫނެވެ.
އެހެންކަމުން އެންމެ ފުރަތަމަ ދުވަހުއްސުރެ ވެސް ސްޓްރެޓެޖިކް ޕްލޭނެއް ހެދީމެވެ. ގާނޫނުގެ ތެރެއިން މި ކޮމެޓީ އަށް މަތިކުރެވިފައި އޮތް ބާރުތަކަށް އަމިއްލައަށް އަހުލުވެރިވެ ތަސައްވުރެއް އެކުލަވާލީމެވެ. ސިޔާސީ ޕާޓީ އެއްގެ ލޯގޯ އަކަށް ވުރެ ހިފައިގެން ނިކުންނަ ތަސައްވުރަށް ރައްޔިތުން އިތުބާރު ކުރާނެ ކަމަށް ވިސްނީިމެވެ.
ކުރި މަސައްކަތް:
މުޅި ސިޓީގެ 9ހާސް ވަރަކަށް އާބާދީ އަކާ ހަމަެއަށް ނިކުންނަން ޖެހުނީއެވެ. އެންމެ ފުރަތަމަ ފިޔަވަޅުތަކުގައި އަތުގައި ހިފައިގެން ނިކުމެދިން ފަރާތްތަކަށް ހާސް ފަށުން ޝުކުރުވެރިވަމެވެ. މުޅި ސިޓީގެ 8 އަވަށުގެ ވޯޓް ލެވޭ އާބާދީީ ގެ ލިސްޓްު ތައް އެކުލަވާލާ މަސައްކަތް ފެށީީމެވެ. މި މަސައްކަތުން ކޯލްސެންޓަރެއް ދެވަނަ މީީހަކު މެދުވެރ ނުކޮށް އަމިއްލަ ފޯނުން 3 ހާ ހަކަށް މީހުންނާ ގުޅާ ވޯޓަށް އެދުނީމެވެ. މުޅި ސިޓީގެ ހުރިހާ އަވަށް ތައް ފްލެޓް ތައް ވެސް ހިމެނޭ ހެން 96% ވުރެ ގިިނަ ގެތަކަށް އަމިއްލައަށް ޒިޔާރަތް ކުރީމެވެ. ސީޯޝަލް މީޑިއާގަ ި ހިއްސާ ކުރާ ވީޑިިއޯ ތައް ފިރިމީހާގެ އެހީތެރިކަމާއެކު ވީޑިއޯ ކޮށް އަމިއްލައަށް އެޑިޓް ކުރަން އިގުނު މިނަވަރަކުން އެޑީޓް ކޮށް ދޫކުރަމުން ދިޔައީމެވެ. މީހންގެ ލޯތްބާއި މަގްބޫލުކަން އެ ވިސްނުންތަކަށް ލިބުނު ކަމަށް ދެކެވުނެވެ.
ހޯދުނު މައުލޫމާތު
އެންމެ އުފާވިާ ކަމަކީ ގޭގެއަށް ދާދިއުމުގައި ގޭގޭގެ އަހުލުވެރިން ޝިއުމާ ގެ މަސައްކަތަށް ހިއްވަރު ދޭ ދިިިނުމވެ. ލައްކަ ހާލުގައި ދިރިއުޅޭ މީހުންނާ ވެސް ބައްދަލަުވިިއެވެ. އެ ވަގުތުން ވަގުތަށް އެ ފަދަ މީހުންގެ ހާލަތު ބަދަލު ކޮށް ނުދެވުނަސް މި މަގާމާ ހަމައަށް އާދެވިއްޖެނމަ މަސައްކަތް ބައްޓަން ކޮށްއަންހެނުން ނަށް ބާރުވެރިކަން ގެނެސް ދިނުމަށް ކުރާނެ ކަންތައްތައް އިތުރަށް ސާފުވިއެވެ. ސަރުކާރާ ދޭތެރޭ މީހުންގެ ހުރި ކަންޮބޮޑުވުންތައް އިންތިިހާ އަށް އަޑުއިވުނެވެ. މި ފަދަ ކޮމެޓީ އެއްގެ ތެރެއިން އެންމެ ބޮޑަށް ޒުވާނުންނާ އަންހެނުން ބޭނުންވާ ކަންތައްތައް ހިއްސާ ކުރިއެވެ. އަންހެނުންނަށް އެއްޗެހި ވިއްކޭނެ އާ މާކެޓް ތައް ބޭނުންވެއެވެ. ވަޒީފާ އިންތިހާއަށް ބޭނުމެވެ. އާމަދަނީ ހޯދޭނެ މަސައްކަތް ތަކުގެ ތަމްރީން ފުރުސަތުތައް އިންސާފުވެރި އުސޫލުން ބޭނުންވެއެވެ. ވިޔަފާރި ނޫނީ އަމިއްލަ މަސައްކަްތް ފަށަނަ 15000ރ ގްރާންޓަށް ވުރެ ބޮޑު އެއްޗެއް ލިބެން ބޭނުމެވެ. ކިިޔަވަން ބޭނުންވެއެވެ. ދަރިމައިވުމުގެ ދަތިތަކަށް އެހީތެރިކަމާ މައުލޫމާތު ބޭނުންވެއެވެ. ރަށުގެ ކުޅުންތެރިންނަށް ފުރުސަތު ލިބޭނެހެން އަންހެނުންގެ ކުޅިވަރު މުބާރާތްތައް ބޭނުމެވެ. ވައި ޑީ ޕީ އިތުރަށް ހަރުދަނާ ކޮށް ކޯޗިން ފަދަ ތަމްރީން ތައް އަންހެނުނަށް ބޭނުންވެއެވެ. ސްޕީޗް ތެރަޕީ އާ އޮކިއުޕޭޝަނަލް ތެރަޕީ ފަދަ ޚިދުމަތްތަކަށް އިންތީހާ އަށް އެދެއެވެ. މިއީ ހައްތަހާވެސް ލިބުނު މައުލޫމާތެވެ. އުންމީދަކަށް ވީ މި މައުލޫމާތު ގެ ބޭނުން ކޮށް ރަނގަޅު އިޖްތިމާއީ މަސައްކަތްތަކެއް ކޮށްދިނުމެވެ.
ގިޮންޖެހުންތައް:
ސިޔާސީ ގޮންޖެހުންތައް ބައިވަރެވެ. އެތެރެއިންނާ ބޭރުންނެވެ. ދޫންޏެއް ވެސް ނުވިއްކަމެވެ. ތިިލަފަތެއްވެސް ނުވިއްކީމުހެވެ. އަދި ވިއްކީ އަދި ވިއްކަން ހިިތުގައި އޮތީވެސް މި ކޮމެޓީ އާ ދޭތެރޭ ގެންގުޅުނު ތަސައްވުރެވެ. މ ިއާއެކު މި ކޮމެޓީ އަކީ ސިޔާސީ ކޮމެޓީ އެއް ކަމަށް ބަޔަކު ދައްކަމުން ދިޔަ މަންޒަރު ބަދަލުކުރަން ވަރަށް ދަތިވިިއެވެ. އެކަމުގައި މާބޮޑު ކާމިޔާބެއް ނުވެސް ލިބުނެވެ. ދަރީންނާ އެކު ހޭދަކުރެވޭ ވަގުތު މަދުވެގެން ދިއުމަކީ އެންމެ ހިތައް ތުރާވި ވަގުތެވެ.
ދަސްވި ފިލާވަޅު:
ސިޔާސީ ޕާޓީ ތަކުގެ ރޫހަކީ ވަރަށް ފާޑެއްގެ އެއްޗެއް ކަން ދަސްވިއެވެ. ކެނޑިޑޭޓް ބަރާބަރެވެ. އެހެނަސް ލޯގޯ ސަކަރާތީ އެވެ. ވޯޓް ދިނުމުގަިއ ބޮޑަށް ވިކެނީ ސިޔާސީ ފިކުރެވެ. ތަސައްވުރާ ފަހި ވިސްނުންތަކަކީ އަދި މާފަހުގެ ކަމެއް ތާއެވެ. މި ޒާތުގެ ކަންތަކުަގއި ގާތްތިމާގެ ކަންވެސް އޮންނަނީ އެއްކުލަ ވީމައެވެ. މި ދަތުރަށް ފަހު ލައްކަ ގިނަ ރަހްމަތްތެރީންނާ ހެޔޮ އެދޭ މިތުރުން ލިބިއްޖެއެވެ. އިންތިހާއަށް އުފާކުރަމެވެ. އެހެނަސް "ސިޔާސީ" މައިދާނަށް ޓާޓަ އެވެ. އައި އެމް ނޮޓް ކަޓް ފޯ ދިސް އިގޭތޯ އެވެ!

Comments
Post a Comment